މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ކޮންސަލްޓެންޓުން ހޯދުން

މި މިނިސްޓްރީގައި ޤާއިމު ކުރެވިފައިވާ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން ޔުނިޓްގެ މަސައްކަތަށް ތަފާތު 4 ދާއިރާއަކުން ކޮންސަލްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ކޮންސަލްޓެންޓުންގެ ގޮތުގައި ތިރީގައިވާ ދާއިރާތަކުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- ބިޒްނަސް އިންޓެލިޖެންސް އެންޑް ބިޒްނަސް ޕްރޮސެސް ކޮންސޮލިޑޭޝަން މޮޑިއުލް

2- އެފް.އައި.ސީ.އޯ އަދި ފަންޑްސް މެނޭޖްމަންޓް މޮޑިއުލް

3- ހިއުމަން ކެޕިޓަލް މެނޭޖްމަންޓް މޮޑިއުލް

4- ޕްރޮޖެކްޓް ސިސްޓަމްސް އަދި މެޓީރިއަލް މެނޭޖްމަންޓް މޮޑިއުލް

މި 4 ދާއިރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ކޮންމެ ދާއިރާއަކަށް ތައްޔާރުކުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected]

25 އޮކްޓޫބަރު 2016
ހޯދާ