ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހޮރައިޒަން ކެމްޕަސް ސްރީލަންކާ ސްކޮލަރޝިޕް 2017

ހޮރައިޒަން ކެމްޕަސް ސްރީލަންކާ ސްކޮލަރޝިޕް 2017

އިންސްޓިޓިއުޓް: ހޮރައިޒަން ކެމްޕަސް

ޤައުމު: ސްރީލަންކާ

ކޯހުގެ ލެވެލް: ބެޗްލަރސް ޑިގްރީ

ޕާޝަލް ސްކޮލަރޝިޕް

ފުލް ސްކޮލަރޝިޕް

 

 

 

 

ކޯހުގެ އަދަދު، ދާއިރާ އަދި މުއްދަތު:

 

މުއްދަތު

ދާއިރާ

އަދަދު

މުއްދަތު

ދާއިރާ

އަދަދު

3   އަހަރު

ބެޗްލަރ އޮފް އެޑިޔުކޭޝަން

 

6

3   އަހަރު

ބެޗްލަރ އޮފް އެޑިޔުކޭޝަން

2

 

4   އަހަރު

ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް)

4   އަހަރު

ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް)

3   އަހަރު

ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް - މާކެޓިންގ

 

 

 

6

 

3   އަހަރު

ބެޗްލަރ އޮފް ސައިންސް ބިޒްނަސް މެނޭޖްމަންޓް   (އެޗް.އާރު.އެމް)

2

4   އަހަރު

ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް (އޮނަރސް) - މާކެޓިންގ

4   އަހަރު

ބެޗްލަރ އޮފް ސައިންސް (އޮނަރސް) ބިޒްނަސް މެނޭޖްމަންޓް   (އެޗް.އާރު.އެމް)

3   އަހަރު

ބެޗްލަރ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ

 

 

 

6

 

3   އަހަރު

ބެޗްލަރ އޮފް ސައިންސް އިން އިންފޮރމޭޝަން ޓެކްނޮލޮޖީ

1

 

4   އަހަރު

ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން އިންފޮރމޭޝަން ޓެކްނޮލޮޖީ

4   އަހަރު

ބެޗްލަރ އޮފް ސައިންސް (އޮނަރސް) އިން އިންފޮރމޭޝަން ޓެކްނޮލޮޖީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އިމްތިޙާނަކުން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

2. އެޑިޔުކޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 3 މާއްދާއަކުން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން / ބިޒްނަސް މެނޭޖްމަންޓުގެ ކޯސްތަކަށް ހުށަހަޅާ ފަރާތްތަކުން ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އެކައުންޓިންގ އަދި ކޮމަރސް، މި މާއްދާތަކުގެ ތެރެއިން 3 މާއްދާއިން 'އީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން.

3. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން. ނުވަތަ IELTS އިން 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

4. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 24 ނޮވެންބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

  ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ، މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

  ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ، މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން.

  ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއްނަމަ، މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން.

  ރ. އަމިއްލަގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ.

5. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއް ކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި، އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ، މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

ކޯހުގެ ޝަރުޠުތައް:

 

* މި ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީގައެވެ.

* ތިރީގައި މިވަނީ މި ސްކޮލަރޝިޕްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ފުރުޞަތުތަކުގެ ސަބްސިޑައިޒް ފީގެ މަޢުލޫމާތެވެ.

4 years Bachelor’s Degree with Honors

 

 

 

 

 

 

 

 

 

 

 

 

 

 

 

 

އިތުރު މަޢުލޫމާތު:

Course/Program

Registration fee for entire

duration

Total tuition fee

to complete

entire duration

Fees +

registration

Scholarship

(Tuition fee) full / partial

Cost to student

Bachelor of

Education ( Hons )

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Full (100%)

-/500 ރުފިޔާ

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Partial

(50%)

-/5،500 ރުފިޔާ

B.Sc. ( Hons ) Business Management – HRM

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Full (100%)

-/500 ރުފިޔާ

Bachelor of Business

Management ( Hons )

- Marketing

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Partial

(50%)

-/5،500 ރުފިޔާ

B.Sc. ( Hons ) in Information Technology

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Full (100%)

-/500 ރުފިޔާ

-/500 ރުފިޔާ

-/10,000 ރުފިޔާ

-/10,500 ރުފިޔާ

Partial

(50%)

-/5،500 ރުފިޔާ

 

3 years Bachelor’s Degree

Course/Program

Registration fee for entire

duration

Total tuition fee

to complete

entire duration

Fees +

registration

Scholarship

(Tuition fee) full / partial

Cost to student

Bachelor of Education

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Full  (100%)

-/500 ރުފިޔާ

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Partial

(50%)

-/4,250 ރުފިޔާ

B.Sc. Business Management – HRM

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Full  (100%)

-/500 ރުފިޔާ

Bachelor of Business

Management

- Marketing

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Partial

(50%)

-/4,250 ރުފިޔާ

B.Sc.in Information Technology

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Full (100%)

-/500 ރުފިޔާ

-/500 ރުފިޔާ

-/7،500 ރުފިޔާ

-/8،000 ރުފިޔާ

Partial

(50%)

-/4,250 ރުފިޔާ

* ސްކޮލަރޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުން ބޭނުންވާނަމަ، ޓިކެޓް އަދި ސްޓައިޕެންޑް ލޯނެއްގެ ގޮތުގައި މި ޑިޕާޓްމަންޓުން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

* މި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ކެއުމާއި ހުރުން އަދި އޭގެ އިތުރުން ކުރަންޖެހޭ ޚަރަދުތައް ކުރަންޖެހޭނީ ކެންޑިޑޭޓުން އަމިއްލައަށެވެ.

* މި އިޢުލާނުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ހުށަހެޅޭނީ އެއް ކޯހަށެވެ.

* މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއް ފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.

* މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މި ބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތް ކުރަންވާނެއެވެ.

* ބައިލެޓަރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ކޯސްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލް ކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެކަމުގައި ދަންނަވަމެވެ.

* މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯންއެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކްލިސްޓު ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓު ކުރެވޭނެއެވެ.

* މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނޮމިނޭޝަން ލިސްޓު، މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.dhe.gov އަށް އަޕްލޯޑް ކުރެވޭނެއެވެ.

* މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ސެޓުފިކެޓުތައް އެޓެސްޓް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އިޢުލާންގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިއަށް ކޮންމެ ރަސްމީ ދުވަހަކުވެސް އެޓެސްޓް ކޮށްދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

* ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި.

* ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު) އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގެ ދެފުށުގައި ލިޔެފައިވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތައް އަދި އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭންކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސިބަހުންނެވެ.) 

* އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ / އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު އަދި ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް ހުންނަންވާނީ މި ފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަނޫން ނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

* ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވާކަން ނުވަތަ IELTS އިން އޯވަރރޯލް ސްކޯރ 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވާކަން އަންގައިދޭ ލިޔުން.

* އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާނުގައިވާ ކޯހުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ، ޝަރުޠު ނަންބަރު 4 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 24 ނޮވެންބަރު 2016 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.

* ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެ ބޮންޑެއް އޮތް ތަނަކުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން

* ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ، ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން. އަދި މި ކޯހަށް ނޮމިނޭޓް ވެއްޖެނަމަ، މި ކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދާނެކަމަށް އެއްބަސްވާކަމުގެ ލިޔުން.

* މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2016 ނޮވެންބަރު 24 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށް ލައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ނަން، އެޑްރެސް، ސްކީމް އަދި ކޯހުގެ ނަން ލިޔުމަށްފަހު، މި ޑިޕާޓްމަންޓުގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް ވެލާނާގޭގެ 2 ވަނަ ފަންގިފިލާގައި ހުންނަ މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓު (www.dhe.gov.mv) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3341392 އިން ލިބިވަޑައިގަންނަވާނެއެވެ.

16 އޮކްޓޫބަރު 2016
ހޯދާ