ތ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 4 (ހަތަރެއް)                  

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް  1  

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާދެވޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ތ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ތ. އަތޮޅު މަދަރުސާ   

މަޤާމުގެ ޝަރުޠު:

ލިޔަންލިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހަމަޖެހިފައިވާ އުސޫލުން ސްކޫލުގެ ގޯތިތެރެއާއި އިމާރާތްތައް ފޮޅައި ސާފުކުރުން.

2. ކްލާސްރޫމްތައް ސާފުކުރުން.

3. ސްކޫލުގެ ބަގިޗާއަށް ފެންދީ ބެލެހެއްޓުން.

4. ޖަލްސާތަކާއި، ސެމިނާރުތަކަށް ހޯލު ތައްޔާރުކުރުން.

5. ދަރިވަރުން ބޭނުންކުރާ ޑެސްކުތަކާއި ގޮނޑިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތު ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.  

އިންޓަވިއު ކުރުން:

- އިންޓަވިއުކުރުމުގެ ކުރިން މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކުރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން، އެމީހަކު އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމުގައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 9 ނޮވެންބަރު 2016 އާއި 10 ނޮވެންބަރު 2016 އާ ދެމެދު، ތ. އަތޮޅު މަދަރުސާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2- ވަޒީފާއަށް ކުރިމަތިލާފައިވާ  ފަރާތަކީ، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، ނުވަތަ ސަރުކާރުގެ އެހެން މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ އެ މުވައްޒަފުގެ ވަޒީފާ މި ސްކޫލަށް ބަދަލުވުމާމެދު އިޢުތިރާޒް ނުކުރައްވާކަމުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) 

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭނެ ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. އަތޮޅު މަދަރުސާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ނޮވެންބަރު 8 ވާ އަންގާރަ ދުވަހުގެ މެންދުރު 1.00 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ތ. އަތޮޅު މަދަރުސާގެ 7954995 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ