މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް އައުޓްޑޯ ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލްގެ ނަންބަރު:GS61/IUL/2016/12 (16 އޮކްޓޫބަރު 2016) ގެ ޢިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް މި ސްކޫލުން ދައްކާ ކުރެހުމާ އެއްގޮތަށް ޕްރީ ސްކޫލް އައުޓް ޑޯ ސެޓަޕް ހަދައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތުދިނުން: 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 14:00 ގައި

* އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

25 އޮކްޓޫބަރު 2016
ހޯދާ