މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާއަށް 3 އޮކްޓޫބަރު 2017 ގެ ނިޔަލަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެ އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

 

1- ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ  ދާއިރާއިން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. އަތޮޅު ކައުންސިލަށް ބަލައިގަންނަ ފައިސާގެ ރަސީދު ދުވަހުން ދުވަހަށް ހަދައި، ރަސީދު ދޭންޖެހޭ ފަރާތްތަކަށް ވަގުތުން ހަވާލުކުރުން.

2. ސެކްޝަނުން ފައިލްކުރަންޖެހޭ ލިޔުންތައް ގަވާއިދުން ފައިލްކުރުން.

3. އަތޮޅު ކައުންސިލުގެ މާލިއްޔަތަށް ލިބޭ އެންމެހައި ފައިސާ، މާލިއްޔަތު ގަވާއިދުތަކާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކަށް ޖަމާކުރުން.

4. ރަށްށުގެ ބަޖެޓް ރިޕޯޓުތައް ރަށްރަށުން މުއްދަތަށް ގެނެއުން.

5. މެސެޖާއި ސިޓީފަދަ ތަކެތި ލިޔުމާއި، އެ ތަކެތި ފެކްސްކުރުން.

6. ސެކްޝަނުގެ މަސައްކަތްތަކުގައްޔާއި، އޮފީހުގެ ބޭނުންތަކުގައި މާލެއަށާއި އަތޮޅުގެ ރަށްރަށަށް ދިއުން.

7. ފައިސާއާބެހޭ އެންމެހައި މައްސަލަތައް ލަސްނުކޮށް ނިންމަމުން ގެންދިއުން.

8. ބަޖެޓާނުބެހޭ އެހެނިހެން ކަންކަމަށް ލިބޭ ފައިސާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

9. އަތޮޅު ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާތަކާބެހޭ ދުވަހުފޮތް ގަވާއިދުން ބެލެހެއްޓުން.

10. ކައުންސިލަށް ލިބޭ އާމްދަނީގެ ރެކޯޑްތައް ބެލެހެއްޓުމާއެކު، އެކަމާބެހޭ ރިޕޯޓްތައް ގަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނަށް ބޭނުންވާ ތަކެތި ހޯދުން.

12. ބަލައިގަންނަ ފައިސާ، ތިޖޫރީ ހަވާލުވެ ހުންނަ ފަރާތަކާ ގަވާއިދުން ހަވާލުކުރަމުން ގެންދިއުން.

13. އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީއާއި، އެކި ގޮތްގޮތުން ލިބޭ އެހީއާއި، ނަގާ ލޯނުން ލިބޭ އާމްދަނީ ރިޕޯޓެއް ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު: %49

- މަސައްކަތު ތަޖުރިބާ: %8

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަން: %43

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި ޕްރެޓިކަލްސް އޮންނާނީ، 2016 ނޮވެންބަރު 15 ވަނަ ދުވަހުގެރޭ 21.00 ގައި މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ގަޑިއާއި ތާރީޚަށް ބަދަލެއް އަންނަނަމަ، ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ، 2016 ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 2016 ނޮވެންބަރު 8 ވަނަ ދުވަހުގެ 13:00 ކުރިން، މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ)

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ،  6644234  ނަންބަރު  ފޯނާއެވެ. ފެކްސް ނަންބަރަކީ، 6640032  އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ