މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

އިޢުލާން

މި އޮތޯރިޓީން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މި އޮތޯރިޓީން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

- ބޭނުންވާ އަދަދު: އައްޑޫ ސިޓީ ހިތަދުއަށް 5 އެގްޒަމިނަރުން

           ހުޅުމީދުއަށް 2 އެގްޒަމިނަރުން

           މާލެއަށް 10 އެގްޒަމިނަރުން

- ޝަރުޠު

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

      އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

ވީމާ، މާލޭގައި އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން 2016 ނޮވެންބަރު 8 ވަނަދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މިއޮތޯރިޓީއަށް އަދި އައްޑޫ ސިޓީގައި އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އައްޑޫ ސިޓީ ހިތަދޫ ޓްރާންސްޕޯޓް ޔުނިޓަށް 2016 ނޮވެންބަރު 6 ވަނަދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ހުށަހެޅުއްވުން އެދެމެވެ.

25 މުޙައްރަމް 1438

26 އޮކްޓޫބަރު 2016
ހޯދާ