ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބައެއް ތަކެތި ވިއްކާލުމަށް

އިޢުލާން

ބޭނުންކޮށްފައިހުރި ބައެއް ތަކެތި އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާލުން

މި ބޭންކުގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ގޮނޑި، ކައުންޓިންމެޝިން، މޮނީޓަރ) ވިއްކާލުމަށް ނިންމާފައިވާތީ، މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މ.މިސުރުގަދަކޯޅި ގުދަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތަކެތި ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ދުވަހުގެ ހެނދުނު 10:00 އަށް ސީޓްރެކްސް ބިލްޑިންގްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި ބޭންކުގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ މީޓިންގރޫމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ބެލުން އޮންނާނީ އަގު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަގުތައް ބެލުމަށްފަހު އެންމެމަތީ އަގު ހުށަހެޅި ފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ