ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނެއް އެޅުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އިދާރާގެ ހުވަދޫ 1 ދޯނީގައި މިހާރު އަޅާފައިވާ އިންޖީނު ނަގައި، ޔަންމާ 6 ސިލިންޑަރ އިންޖީނެއް އެޅުމަށް ކުރެވުނު ނަންބަރު (IUL) 242/242/2016/41 (21 ސެޕްޓެންބަރު 2016) އިޢުލާނާ ގުޅިގެން އެމަސައްކަތް ކުރުމަށް އެކަށީގެންވާ މިންވަރަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ދޯނީގައި އިންޖީނު އެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 14 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ