މަދުރަސަތުއްސުލްޠާން މުޙަންމަދު/ގއ.ދެއްވަދޫ
ދިވެހިރާއްޖެ
ޢިމާރާތުގެ ދޮރުތައް އެލްމިނިއަމަށް ބަދަލު ކުރުމާބެހޭ

އިޢުލާން

މި މަދުރަސާގެ 2 ކްލާސްރޫމް ޢިމާރާތުގެ ދޮރުތައް އެލްމިނިއަމަށް ބަދަލު ކުރުމާބެހޭ

މި މަދުރަސާގެ 2 ކްލާސްރޫމުގެ ދޮރާއި، ދޮރުފަތްތަކާއި، ކުޑަދޮރާއި ދޮރުފަތްތައް އެލްމިނިއަމަށް ބަދަލުކުރުމަށް ކުރެވުނު މި މަދުރަސާގެ ނަންބަރު GS-200/2016/08 (16 އޮކްޓޫބަރު 2016) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިމިވާ ތާރީޚުތަކުގައި މި މަދުރަސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން: 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 10:30 ގައި.

އަންދާސީހިސާބު ހުށަހެޅުން: 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 10:30 ގައި.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ