ބުރުނީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ސްކޫލުގެ GS-176/IUL/2016/23 ނަންބަރުގެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާންކުރީމެވެ.

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ގިންތި: ވޭޖު

މުއްދަތު: 4 ޖަނަވަރީ 2017 އިން ފެށިގެން 3 މަސްދުވަސް

މަޤާމު އޮތް އޮފީސް: ބުރުނީ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: އެކަޑަމިކް، ބުރުނީ ސްކޫލް

މަޤާމުގެ ޝަރުޠު:

1. ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. ނުވަތަ؛

3. ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކުރުން.

ރިލީފް ޓީޗަރުންގެ އުޖޫރަ:

މުވައްޒަފަށް އުޖޫރަ ދެވޭނީ، މުވައްޒަފުގެ އެންމެ މަތީ ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ތިރީގައި ބަޔާންކޮށްފައިވާ އުޖޫރައެވެ.

ތަޢުލީމީ ފެންވަރު

މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވާނަމަ

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތު:

- ކިޔަވައިދިނުމަށްޓަކައި ރާވައިގެން ކުރަންޖެހޭ އެންމެހައި ތައްޔާރީތައްކޮށް، ކިޔަވައިދިނުމާއި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.

- އެއްވެސް ކުއްޖަކު ދޫކޮށްނުލައި ފަރުދީގޮތުން އެހީތެރިކަންދީގެން ކުރިއަށްގެންދަންޖެހޭ ކުދިންނަށް އެހީތެރިކަންދީގެން ދަރިވަރުން މުޤައްރަރުގެ ފެންވަރަށް ގެނައުން.

- ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް، ސުކޫލުން އަންގަވާގޮތެއްގެމަތީން ގަނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެންހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.

- ކިޔަވައިދިނުމުގެ އިތުރުން، ފަންނީ މުވައްޒަފެއްގެ ހައިސިއްޔަތުން ސްކޫލަށް އެއްބާރުލުންދިނުން.

- ސްކޫލުން އަންގަވާ މުއްދަތެއްގެ ތެރޭގައި ސްކީމް އޮފް ވާރކާއި ފިލާވަޅުތަކާއި ޓެސްޓު ޕޭޕަރުތައް ތައްޔާރުކޮށް، އިމްތިޙާނުތައް ހިންގައި ޕޭޕަރުތައް މާރކުކޮށް، މާކްސް ޝީޓްތަކާއި ރިޕޯޓް ފޮތްތައް ތައްޔާރުކުރުން.

- ކިޔަވައިދިނުމާއި ދަރިވަރުންގެ ކުރިއެރުމާ ގުޅޭގޮތުން ސްކޫލުން ކަނޑައަޅާފައިހުންނަ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތްތައްކޮށް ކަނޑައަޅުއްވާ ސުންސިކުންތައް ނިންމުން.

- ދަރިވަރުންގެ އުޅުމާއި ކިޔެވުމަށް އަންނަ ބަދަލުތަކާބެހޭ މަޢުލޫމާތު، ބެލެނިވެރިންނާއި ސްކޫލުގެ ކަމާބެހޭ ފަރާތްތަކަށް އެންގުން.

- ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ހިންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.

- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ތަޢުލީމީ ސިޔާސަތު ދެމެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ކީސްޓޭޖް 1 އާއި 2 ގެ ކަރިކިއުލަމް ވާރކްޝޮޕް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން، ރަސްމީ 3 ދުވަހުގެ ތެރޭގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ވަޒީފާއަށް އެދިހުށަހަޅާ ފޯމު.

* ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ތާރީޚު:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ބުރުނީ  ސްކޫލުގެ  އޮފީހުގެ  އެޑްމިން  ބަޔަށެވެ. ފޯމާއި  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ، 2016 ނޮވެންބަރު 2 ވާ ބުދަ ދުވަހުގެ 12:30 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6780551 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ