މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑިރެކްޓަރ                                  

ބޭނުންވާ އަދަދު:    

1 (އެކެއް)

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ  / ރ. އުނގޫފާރު

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

1- ސެކްޝަނުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

2- އިދާރީ ހިންގުމާ ގުޅިގެން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް، ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި، ބެލެހެއްޓުން.

3- ކައުންސިލް އިދާރާއަށް ގެނެވޭ ހަރުމުދަލާއި، ނައްތައިލެވޭ ހަރުމުދަލުގެ އިންވެންޓްރީ، ސެކްޝަނުގެ މުވައްޒަފަކާ ހަވާލުކޮށްގެން، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބެލެހެއްޓުން.

4- އިމާރާތްތަކާއި ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ސެކްޝަނުގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި އެކަން ބެލެހެއްޓުން.

5- ކައުންސިލުއިދާރާއިން ރާވައި އިންތިޒާމުކުރާ އެކިއެކި ބައްދަލުވުންތަކާއި، މުބާރާތްތަކާއި، މުނާސަބަތުތައް އިންތިޒާމުކޮށް ކުރިޔަށްގެންދިޔުމުގައި މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން އެކަންކަން ކުރުވުމާއި، އެއްބާރުލުން ދިނުން.

6- ކައުންސިލްގެ ރައީސާއި ޒިންމާދާރުވެރިޔާ އަންގާ ގޮތެއްގެ މަތިން، އޮފީހުގައި ހިންގޭ އެންމެހައި ހަރަކާތްތައް ފަހިކަމާއެކު ކުރިޔަށްގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

7- ކައުންސިލް އިދާރާގެ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، މުސްކުޅިކުރެވޭ މުވައްޒަފުންގެ އެންމެހައި ކަންކަން، ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ ލަފާގެމަތިން، ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން.

8- ޔުނިޓުގެ މުވައްޒަފުންގެ އެޕްރައިޒްކުރުމުގެ ކަންތައް އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިޔުން.

9- ކައުންސިލް އިދާރާއިންދޭ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތާގުޅޭ އެންމެހައި ކަންކަން ފުރިހަމަ އިންތިޒާމެއްގެމަތިން، ޔުނިޓުގެ މުވައްޒަފުން ލައްވައި ކުރުވުން.

10- ކައުންސިލް އިދާރާއިންދޭ ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތާ ގުޅިގެން އާންމުންގެ ފަރާތުން ލިބޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާ އެއްގޮތްވާގޮތުގެމަތިން ފުރިހަމަކުރުން.

11- ކައުންސިލްގެ ބަޖެޓަށް ލިބޭ ފައިސާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން، ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވުމާއި، އެކަންކަން ބެލެހެއްޓުން.

12- ބަޖެޓުގައި ނުހިމެނޭގޮތުން ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް، މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން، ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.

13- ރަށު ކައުންސިލްތަކުގެ ފައިސާއާ ގުޅޭ ހިސާބުތައް ބަލަހައްޓަނީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ދޭންޖެހޭ އިރުޝާދު، ރަށު ކައުންސިލްތަކަށް ދިނުން.

14- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ފައިސާ ގަވާއިދުން ހަވާލުކުރޭތޯ ބަލައި ޗެކްކުރުން.

15- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

16- މީގެ އިތުރުންވެސް އޮފީހުން ހަވާލުކުރާ، ވަޒީފާގެ މަސައްކަތާގުޅޭ ކޮންމެ މަސައްކަތެއް ކުރުމާއި، އޮފީހުން ނުވަތަ އެހެން ފަރާތަކުން ނަމަވެސް ހިންގާ އިޖުތިމާޢީ މަސައްކަތްތަކާއި ހަރަކާތްތަކުގައި (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ ޚިލާފުނުވާ ކަންކަމުގައި) ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެޝަރުޠު ކަނޑައެޅުމުގައި ބެލޭނެ ދާއިރާތައް:

1. އޮފީސް މެނޭޖްމަންޓް

2. ހިޔުމަންރިސޯސް މެނޭޖްމަންޓް

3. އެކައުންޓިންގ އެންޑް ފައިނޭންސް

4. ޕަބްލިކް އެޑްމިނިސްޓްރޭޝަން

5. ބިޒްނަސް އެޑްމިނިސްޓްރޭޝަން  

ވަޒީފާއަށްޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4. އަމިއްލަ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުން.

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން:

2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީ. މެއިލް އެޑްރެސް ހިމެނޭގޮތުން)

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލް ސަރވިސްގެ ވަޒީފާއަކަށް ހޮވިޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެފުށުގެ)

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމުގެ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނޭކަމަށް މޯލްޑިވްސް ކޮލިފިކެޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރޭނިންގ އިނިސްޓިޓިއުޓުން ހިންގާ ކޯސްތަކުން ކޯހެއް ފުރިހަމަކޮށްފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

އިންޓަވިޔު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:  

 

ޑިރެކްޓަރކަމުގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެޒެންޓޭޝަން އޮންނާނީ، 20 ނޮވެންބަރު 2016 އާއި 24 ނޮވެންބަރު 2016 އާ ދެމެދު،  މާޅޮސްމަޑުލު  އުތުރުބުރީ  އަތޮޅު  ކައުންސިލް  އިދާރާގައެވެ. ވީމާ،  މި  ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިޔުއާއި ޕްރެޒެންޓޭޝަން ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

ނޯޓު:

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ނޫން ދާއިރާތަކުން އަތޮޅު ކައުންސިލް އިދާރާގެ ނުވަތަ ރަށު ކައުންސިލް އިދާރާގެ ސިވިލް ސަރވިސްގެ އިސް މަޤާމުތަކަށް ހޮވާ ފަރާތްތައް 6 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން (ސީ.އެސް.ޓީ.އައި) ހިންގާ މެނޭޖްމަންޓް ކޮމްޕީޓެންސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރަން ޖެހޭނެއެވެ.

- "މަޤާމަށް އެދޭ މީހުން ސްކްރީންކުރުމާއި، ޝޯޓް ލިސްޓް ކުރުމާއި، ހޮވުމާއި، ޢައްޔަންކުރުމުގެ ކްރައިޓީރިޔާ" ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް 6580027 ނަންބަރު ފޯނަށް، ނުވަތަ 6580149 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6580238 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ