މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދުމަށް

އިޢުލާން

ކުޑަކުދިންގެ ޕާކަށް ބޭނުންވާ ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދުމާ ބެހޭ:

މި ކައުންސިލުގެ ފަރާތުން ހަދަމުންދާ ކުޑަކުދިންގެ ޕާކަށް ޕްލޭ ގްރައުންޑް އިކުއިޕްމަންޓްސް ހޯދަން ބޭނުންވެއްޖެއެވެ. މި ޕާކަށް ބޭނުންވާ އިކުއިޕްމަންޓާ ގުޅޭ ހުރިހާ ތަފުސީލެއް މަޢުލޫމާތުކަރުދާހުގައި ހުންނާނެއެވެ.

ވީމާ، މި ތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 13:00 އަށް މަޢުލޫމާތު ސާފުކުރުމަށް މި ކައުންސިލުގެ އިދާރާއަށް ހާޒިރުވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 2016 ނޮވެންބަރު 6 ވާ އާދީއްތަދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ އިދާރާއަށް ހާޒިރުވެ، އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚުގެ ފަހުންނާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ހާޒިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. ހުށަހަޅާ ސިޓީގައި ބަދަލުގައި ހާޒިރުވާ ފަރާތުގެ ނަމާއި، އެޑްރެހާއި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެވެ. މީގެ އިތުރުން، އަންދާސީހިސާބު ހުށަހަޅަން ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ