މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ(IUL)418-AS/418/2016/6  ނަންބަރު އިޢުލާން ބާޠިލްކޮށް،  އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް: MS1

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ޑިވިޜަން / ސެކްޝަން: ލައިފް ސްޓައިލް ޑިސީސަސް

މަސައްކަތް ކުރަންޖެހޭ ތަން: ދަމަނަވެށި / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ:

1. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ކައުންސިލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

(މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، މޯލްޑިވްސް އެލައިޑް ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފުރާވަރު އުމުރުފުރާގެ ކުދިންނާއި، ކައުންސެލިންގ ބޭނުންވާ އެހެނިހެން ފަރާތްތަކަށް، ކަމާ ގުޅޭގޮތުން ކައުންސެލިންގ ދިނުން.

2. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކާއި، ދުޅަހެޔޮ ޞިއްޙީ އާދަތަކާ ގުޅޭގޮތުން ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގގެ ޚިދުމަތްފޯރުކޮށްދިނުމާއި، ގްރޫފް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން.

3. ޝެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތާއި އެޗް،އައި،ވީ ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަށް ފޯރުކޮށްދިނުން.

4. ކްލިނިކުގެ ރަޖިސްޓްރީއާއި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމް: ސީނިއަރ ކައުންސެލަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް: MS 2

މުސާރަ: މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް: ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ޑިވިޜަން / ސެކްޝަން: ލައިފް ސްޓައިލް ޑިސީސަސް / ސައިކޯސޯޝަލް ސަޕޯޓް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން: ދަމަނަވެށި / ކ. މާލެ

ތަޢުލީމާއި ތަޖުރިބާ:

1. ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. ކައުންސެލިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

(މި މަޤާމަށް ކުރިމަތިލާ ފަރާތަކީ، މޯލްޑިވްސް އެލައިޑް ކައުންސިލުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފުރާވަރު އުމުރުފުރާގެ ކުދިންނާއި، ކައުންސެލިންގ ބޭނުންވާ އެހެނިހެން ފަރާތްތަކަށް ކަމާ ގުޅޭގޮތުން ކައުންސެލިންގ ދިނުން.

2. ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކާއި، ދުޅަހެޔޮ ޞިއްޙީ އާދަތަކާ ގުޅޭގޮތުން ކައުންސެލިންގ ބޭނުންވާ ފަރާތްތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ގްރޫފް ކައުންސެލިންގ ސެޝަންތައް ރާވައި ހިންގުން.

3. ޝެކްޝުއަލް ރިޕްރޮޑަކްޓިވް ހެލްތާއި އެޗް،އައި،ވީ ކައުންސެލިނގ ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަށް ފޯރުކޮށްދިނުން.

4. ކްލިނިކުގެ ރަޖިސްޓްރީއާއި، ކަމާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމް: މެޑިކަލް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ޑިވިޜަން / ސެކްޝަން: ޖީޕީ ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން: ދަމަނަވެށި / ކ. މާލެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޕޭޝަންޓް ރެކޯޑް އޮޕަރޭޝަނާއި އެހެނިހެން ޕްރޮސީޖަރ ނޯޓްސް އަޕްޑޭޓްކުރުމާއި، ޑިސްޗާޖް ސަމަރީއާއި، ޑެތް ސެޓެފިކެޓާއި، އެހެނިހެން ޑޮކިއުމެންޓޭޝަން ބެލެހެއްޓުމާއި، މިނިސްޓްރީ އޮފް ހެލްތުން އެދިވަޑައިގަންނަވާ ސަވައިލަންސް ޑިޒީޒާބެހޭ މެޑިކަލް ރެކޯޑް ބެލެހެއްޓުން.

2. އިންވެސްޓިގޭޝަން ރިޕޯޓްތައް ފޮލޯއަޕްހެދުމަށްފަހު  ޕޭޝަންޓަށް ފަރުވާ ދިނުމާއި، ސްޕެޝަލިސްޓުންގެ ލަފާ ހޯދުން.

3. ތެރަޕިއުޓިކާއި، ޑައިގްނޯސްޓިކް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި، ސީނިއަރ ޑޮކްޓަރުންގެ ލަފާގެމަތިން އެކަން ރާވައި ހިންގުން.

4. ކޮންމެ ޝިފްޓެއް ނިމުމުގެ ކުރިން، އެ ޝިފްޓެއްގައި ކުރަން ހުންނަ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކޮށްނިންމުން.

5. ޝިފްޓް ނިމުމުން، ކުރިއަށްއޮތް ޝިފްޓުގެ ޑޮކްޓަރަށް ބަލިމީހާއާބެހޭ މަޢުލޫމާތު ހޭންޑްއޯވަރކުރުން (މީގެ ތެރޭގައި، ހާލުބޮޑު ބަލިމީހެއްނަމަ، ބަލިމީހާގެ ހާލަތު ރަނގަޅަށް ކިޔައިދިނުމާއި، ފޮލޯއަޕް ހަދަންޖެހޭނަމަ، އެކަން އެންގުން)

6. އަމިއްލައަށް އިސްނަގައިގެން ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުން. 

7. ބަލިމީހުންނަށް ފަރުވާދިނުމުގައި ދިމާވާ ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލަކަށް ގެންދެވެންދެން ދޭންޖެހޭ އިމާރޖެންސީ ފަރުވާ ފޯރުކޮށްދިނުން.

8. މެޑިކަލް އޮފިސަރުންގެ ދަށުން މަސައްކަތްކުރާ ޖޫނިއަރ ސްޓާފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.

9. ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން.

10. ދަމަނަވެށިން ރާވައި ހިންގާ ޕްރޮގްރާމްގެދަށުން ގޭގެއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުން.

ތަޢުލީމާއި ތަރުޖިބާއާއި، ސިވިލް ސަރވިސްގެ ރޭންކާއި، އަސާސީ ޝަރުޠާއި، މަޤާމުގެ އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

ތަޢުލީމާއި ތަރުޖިބާ

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

CS12-5  

މެޑިކަލް އޮފިސަރ، ސީ އެސް 12-4 ގެ ގްރޭޑްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ   ނިޒާމުން   ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު

-/18،350

ރުފިޔާ

 

މަހަކު

-/6،150

ރުފިޔާ

CS12-4  

މެޑިކަލް އޮފިސަރ، ސީ އެސް 12-3 ގެ ގްރޭޑްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު

-/17،490

ރުފިޔާ

  

މަހަކު

-/6،150

ރުފިޔާ

 

CS12-3  

1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ 1 އަހަރު ދުވަހަށްވުރެ ކުރުނޫން، 2 އަހަރު ދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް، ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރގެ ދާއިރާއިން ހާސިލުކޮށްފައިވުމާއެކު، މެޑިކަލް އޮފިސަރ، ސީއެސް 12-2 ގެ ގްރޭޑުގައި 1 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އިން މަތިން މާކްސް ހޯދާފައިވުން.

2. މެޑިކަލް އޮފިސަރ، ސީ. އެސް. 12-2 ގެ ގްރޭޑްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު

-/16،630

ރުފިޔާ

މަހަކު

-/6،150

ރުފިޔާ

CS12-2  

1. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް  ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ 1 އަހަރު ދުވަހަށްވުރެ ކުރުނޫން، 2 އަހަރު ދުވަހަށްވުރެ ދިގުނޫން ޑިޕްލޮމާއެއް، ފެމިލީ މެޑިސިން ނުވަތަ ޖެނެރަލް ޕްރެކްޓިޝަނަރގެ ދާއިރާއިން ހާސިލުކޮށްފައިވުން.

2. މެޑިކަލް އޮފިސަރ، ސީ. އެސް. 12-1 ގެ ގްރޭޑްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

މަހަކު

-/15،850

ރުފިޔާ

މަހަކު

-/6،150

ރުފިޔާ

 

CS12-1 

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލު ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

މަހަކު

-/15،090

ރުފިޔާ

 

މަހަކު

-/6،150

ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިކްޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިކްޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިކްޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕުގެ ކޮޕީ)

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް.

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2016 ނޮވެންބަރު 8 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހަޅަންވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ނޮވެންބަރމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 3014326 އެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ