މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ލާންޗެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީއަށް ލާންޗެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-A/1/2016/170 އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މި މިނިސްޓްރީގެ ރަސްމީ ކަންކަމަށް އަތޮޅުތެރެއަށާއި، ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުން މާލެ/ހުޅުލެއަށް ކުރައްވާ ދެކޮޅު ދަތުރުފުޅުތަކުގައި ބޭނުންކުރެއްވުމަށްޓަކައި 1 އަހަރުދުވަހުގެ މުއްދަތަކަށް ލާންޗެއް ކުއްޔަށް ހިފުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، ލާންޗެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހު 09:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ނޮވެންބަރު 06 ވާ އާދީއްތަ ދުވަހު 09:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 މުޙައްރަމް 1438

 

 

 

24 އޮކްޓޫބަރު 2016
ހޯދާ