ށ. ފޭދޫ ސްކޫލް
ދިވެހިރާއްޖެ
2017 ވަނަ އަހަރަށް ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތް

އަންދާސީހިސާ ބުބޭނުންވެއްޖެ

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް 2017 ވަނަ އަހަރަށް މި ސްކޫލުގައި ކުރަން ހުރި ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

1. ބޯފެނުގެ ނިޒާމް މަރާމާތުކުރުން

2. ފައުންޑޭޝަން ލެވެލްގެ ދަރިވަރުންކުޅޭ ޞަރަހައްދު ހިޔާކުރުމާއި އެހެނިހެން މަރާމާތުކުރުން

3. ސްކޫލް ގޯތިތެރޭގައި ލައިޓްޖަހައި ދިއްލުން

4. ކްލާސްރޫމްތަކުގައި ކުލަލުން

5. ސްކޫލްގެ ނަންބޯޑުތައް ހެދުމާއި ބައެއް ނަންބޯޑް މަރާމާތުކުރުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 ނޮވެންބަރު 06 ވާ އާދީއްތަ ދުވަހުގެ 11:00

2016 ނޮވެންބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00

ބިޑްތަކަށް ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު:

އަގަށް:       80 ޕޮއިންޓް             މާލީ ޤާބިލުކަން:   05 ޕޮއިންޓް

ތަޖުރިބާ:      05 ޕޮއިންޓް             މުއްދަތު:       10 ޕޮއިންޓް

ކުންފުނި އިންވެސްޓްމަންޓާއި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެ ބޭފުޅަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

24 އޮކްޓޫބަރު 2016
ހޯދާ