ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެނިމޭޓަރ ގްރޭޑް 1

މަޤާމް :އެނިމޭޓަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެނިމޭޓަރ ގްރޭޑް 1

މުސާރަ އާއި އެލަވަންސް:

މަހަކު -/9950 ރުފިޔާ

އިތުރުގަޑި: 

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ރޭންކް:

TP 5

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އީކޮމާސް އެންޑް މާކެޓިންގ

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. އައު ޚިޔާލުތައް ޖެނެރޭޓްކުރުމާއި، އިނޮވޭޓިވް ގޮތްތައް ޑިޒައިންކުރުމާއި، އެނިމޭޓްކުރުން.

2. ޑިޒައިނާއި އެނިމޭޝަންތައް ހަދާއިރު، ސްކެޗްތަކަށް ސްޓޯރީބޯޑްސް ތައްޔާރުކުރުމަށްފަހު، ގުޅުންހުރި ފަރާތްތަކާ މަޝަވަރާކޮށް ފައިނަލްކުރުން.

3. ޕްރޮފެޝަނަލް ގްރެފިކްސް ޑިޒައިންކުރުމާއި، ހަދަންޖެހޭ ލޯގޯއާއި، ޕޯސްޓަރާއި، ބިލްބޯލްޑް ފޮތް ފަދަ ތަކެތި ޑިޒައިންކުރުން.

4. ޕްރޮފެޝަނަލްކޮށް ޓޫޑީ، ތްރީޑީ އަދި މޯޝަން ގްރެފިކްސް ހެދުން.

5. ޕްރޮގްރާމާއި ޚަބަރަށް ބޭނުންވާ ކެޕްޝަން ބްރޭކަރއާއި އެހެނިހެން ގްރެފިކްސްތަކުގެ އެނިމޭޝަންތައް ހެދުން.

6. ޕްރޮގްރާމާއި ޚަބަރުގެ ލައިވްތަކަށް ބޭނުންވާ ޕްރޮމޯ (ޓްރެއިލަރ) އާއި، ޓީޒާފަދަ ތަކެތި އެނިމޭޓްކުރުން.

7. ލައިވް އިވެންޓްތަކާއި، ރެކޯޑް އިވެންޓްތަކުގައި، ކެލިގްރާފަރ، ޓައިޓްލް އޮޕަރޭޓަރ، ޖީ ޗެނަލް އޮޕަރޭޓްކުރުމާއި ސެޓަޕްހެދުން.

ވަޒީފާއަށް އެންމެ ޤާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

- މަސައްކަތާ ގުޅޭގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އައު ވިސްނުންތައްހުރި މިންވަރަށް ބަލައިގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީ.

- ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.

- ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއެއް.

- ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 ނޮވެންބަރު 4 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ