މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މާލީ ނިޒާމު ބެލެހެއްޓުން ހަރުދަނާކުރުމުގެ މަޝްރޫޢުގެދަށުން ދައުލަތުގެ މާލިއްޔަތު ގަވާއިދު ރިވިޔުކުރާނެ ލީގަލް ޑްރާފްޓަރއެއް ހޯދުމާބެހޭ

އިޢުލާން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 ލީގަލް ޑްރާފްޓަރއެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ، ދައުލަތުގެ މާލީ ނިޒާމު ބެލެހެއްޓުން ހަރުދަނާކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މި މަޝްރޫޢުގެދަށުން ދައުލަތުގެ މާލިއްޔަތު ގަވާއިދު ރިވިޔުކުރާނެ ލީގަލް ޑްރާފްޓަރއެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްޞަދަކީ، ޓީ.އޯ.އާރ ގައި ބަޔާންކުރެވިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އިޞްލާޙުކުރުމެވެ.

ލީގަލް ޑްރާފްޓަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  • ބެޗެލަރ އޮފް ލޯ (އެލް.އެލް.ބީ) ފުރިހަމަކޮށްފައިވުން.
  • ޓީ.އޯ.އާރގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމުގައި، މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި މަސައްކަތުގެ ތެރޭގައި (ހ) ޤާނޫނީ ދާއިރާއިން ތަޖުރިބާ ހިމެނުން، (ށ) ޤާނޫނު ޑްރާފްޓްކުރުމުގެ ތަޖުރިބާ ހުރުން (ނ) ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވުން. އަދި އިނގިރޭސިބަހުންނާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުމާއި، ލިޔުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށް ވާންވާނެއެވެ.

މަތީގައި ބަޔާންވެފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތް ކޮށްދިނުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެގޮތުން  ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފްސީލާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރަކާއި، ދުވާލަކަށް ހުށަހަޅާ އުޖޫރަ އެނގޭގޮތަށް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑް ބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓާއި ހިލޭ އެހީގެދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011 ގައި ތައްޔާރުކޮށް، ޖުލައި 2014 ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ. މި ޕްރޮޖެކްޓުގެ މަސައްކަތުގެ މުއްދަތަކީ 90 ދުވަހެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ www.finance.gov.mv ގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މި މަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑުރެހަށް ލިޔުމުން އެ މަޢުލޫމާތު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ނޮވެންބަރު 9 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ޙައްވާ ރިޝްދާ މުޙަންމަދު

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ޓެލެފޯން: 3349322، 3349101

ފެކްސް: 3324432

އީމެއިލް: [email protected]

[email protected]

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ