ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސެންޓަރަލް ލައިބްރަރީ ޢިމާރާތުގެ އެތެރެއާއި ބޭރުގައި ލާފައިވާ ރެނދުތަކާއި، އޮޓެމެޓިކް ސްލައިޑިން ޑޯ މަރާމާތުކުރުން

އިޢުލާން

ސެންޓަރަލް ލައިބްރަރީގެ ތިރީގައި މިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

- ސެންޓަރަލް ލައިބްރަރީ ޢިމާރާތުގެ އެތެރެއާއި ބޭރުގައި ލާފައިވާ ރެނދުތައް މަރާމާތުކުރުން.

- އޮޓެމެޓިކް ސްލައިޑިން ޑޯ މަރާމާތުކުރުން.  

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވާ ބްރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ކަރުދާސް، ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން، އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީގައެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ