އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ތަޢުލީމާއި ތަޖުރިބާއާއި އިތުރު ޝަރުޠުތައް:

1. ގްރޭޑް 7 ގެ ފެންވަރު ހުރުމާއި، ކުރެވޭ އިންޓަވިއުން ފާސްވުން ނުވަތަ، ދިވެހިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން.

2. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

3. މަސައްކަތުގެ މާޙައުލުގައި މުޢާމަލާތުކުރަންޖެހޭ ފަރާތްތަކާ ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ މީހަކުކަމުގައިވުން.

4. ރަސްމީ ގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރު ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނެ، ފުރިހަމަ ޞިއްޙަތެއްގައިހުރި، އުމުރުން 55 އަހަރު ވެފައިނުވާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.

2. ޖަލްސާ ބާއްވާ ކޮޓަރިއާއި، އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން.

3. ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާއާއި، މެނޭޖްމަންޓުގެ ބައްދަލުވުންތަކާއި، ބާއްވާ ބޮޑެތި އެހެން ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން.

4. އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.

5. މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.

ކުރިމަތިލުމުގެ ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް، 2016 ނޮވެންބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު.

- ސީވީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ