ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު 3,549/22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1521/09 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް: 

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

އޮފީސް:

ގދ. ތިނަދޫ ކެމްޕަސް

ސްޕައިން ޕޮއިންޓް:

1

ގުރޭޑް:

1

މަޤާމުގެ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

- އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި، އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއާއި، ބިއްލޫރިއާއި، ފަރނީޗަރު ފަދަ ތަކެތި ދެމެހެއްޓެނިވިގޮތެއްގައި ހިރަފުސް ފޮޅައި ޞިއްޙީގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.

- ހަވާލުކުރެވިފައިވާ އޮފީހުގެ ކޮޓަރިތައް ސާފުކޮށް، ވަށިގަނޑުތަކުގައި ހުންނަ ކުނި އުކައިލުން.

- ފާޚާނާތައް ސާފުކޮށް ދޮވުން.

- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަންތަނުގެ ތެރެއިން މޮޕްލައިގެން ސާފުކުރަންޖެހޭ ތަންތަނުގައި ހަފުތާއަކު ތިންފަހަރު މޮޕްލައި ސާފުކުރުން.

- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުން ނުކުރެވޭ ފަދަ ގޮތަކަށް އެއްޗެއް ހުރިނަމަ ނުވަތަ ތަން ހަލާކުވެފައި ހުރިނަމަ، ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް ގެނައުން.

- ސައިކޮޓަރިތެރެއާއި، މޭޒާއި، ގޮނޑިއާއި، ސިންކާއި، ކަބަޑު ފަދަ ތަންތަން ސާފުކޮށް ރީތިކުރުން.

- ފާޚާނާތަކުގައި ހުންނަންޖެހޭ ކަރުދާހާއި ސައިބޯނި ފަދަ ތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ހުންނަންޖެހޭ އެއްޗެއް ނެތްނަމަ، އެ އެއްޗެއް ހަމަކުރުން.

- ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ، އާންމުކޮށް މީހުން ނުވަންނަ ތަންތަން، ހަފުތާއަކު އެއްފަހަރު ސާފުކުރުން.

- ކްލާސްތައް ބޭއްވުމަށާއި، އިމްތިޙާންތައް ބޭއްވުމަށާއި، ސެމިނާރު ފަދަ ކަންކަން ބޭއްވުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.

- އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއެކު މަސައްކަތްކުރުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ކެމްޕަހުން ހަވާލުކުރާ، މަޤާމާ ގުޅޭގޮތުން ކަންތައްތައް ކުރުން.

ސިޓީ ފޮނުވަންވީ ތާރީޚު:  

2016 ނޮވެންބަރު 6 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނުވަތަ ގދ. ތިނަދޫ ކެމްޕަހަށް.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

- އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6842084 ނަންބަރު ފޯނަށް، ނުވަތަ 3345131 ނަންބަރު ފޯނާއެވެ.

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.

- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ