މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
2017 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އިޢުލާން

2017 ވަނަ އަހަރު ދިވެހި ރާއްޖެއަށް އެތެރެކުރާ އެޗް.ސީ.އެފް.ސީ ކޯޓާގެ މިންވަރު

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާ، މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ' ގެ ދަށުން، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް ގޭސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާރު ދިވެހިރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލް ކުރަން ފަށާފައިވާ އެޗް.ސީ.އެފް.ސީ ގޭހާއި އެޗް.ސީ.އެފް.ސީ ގޭސް ހިމެނޭ ބާވަތްތައް (ބްލެންޑްސް) 2017 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ކޯޓާގެ މިންވަރަކީ 43.6 (ސާޅީސް ތިނެއް ޕޮއިންޓް ހައެއް) މެޓްރިކްޓަނެވެ. އަދި، މިއަދަދަށް ގޭސް އެތެރެކުރެވޭނީ 2017 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޚާއްސަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ. 

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ