ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ

މަޤާމް :ސީނިއަރ ލެކްޗަރަރ / ލެކްޗަރަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 15،246/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/6،534 ރުފިޔާ

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އޮފީސް:

ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)

ގްރޭޑް:

8

ދާއިރާ:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ. ނުވަތަ؛
  2. ކޮމްޕިއުޓަރ ސައިންސް. ނުވަތަ؛
  3. ސޮފްޓްވެއަރ އިންޖިނިއަރިންގ. ނުވަތަ؛ 
  4. ޑާޓާ ބޭސް. ނުވަތަ؛
  5. ކޮމްޕިއުޓަރ ނެޓްވޯކިންގ

ސްޕައިން ޕޮއިންޓް

46

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ސީނިއަރ ލެކްޗަރަރގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

ލެކްޗަރަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12،687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437/50 ރުފިޔާ 

އޮފީސް:

ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)

ގްރޭޑް:

7

ދާއިރާ:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ. ނުވަތަ؛
  2. ކޮމްޕިއުޓަރ ސައިންސް. ނުވަތަ؛
  3. ސޮފްޓްވެއަރ އިންޖިނިއަރިން. ނުވަތަ؛ 
  4. ޑާޓާ ބޭސް. ނުވަތަ؛
  5. ކޮމްޕިއުޓަރ ނެޓްވޯކިންގ

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކިލާސްތަކުގައި ކިޔަވައިދިނުން.

2. ލެކްޗަރތަކާއި، ޓިޔުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.

3. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުމާއި، އެ މާއްދާތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

4. މުޤައްރަރުތަކާއި ކިޔަވައިދޭ މެޓީރިއަލްތައް އަޕްޑޭޓްކުރުމާއި، އައު މުޤައްރަރުތައް ފަރުމާކުރުން.

5. މާއްދާތަކުގެ އިމްތިޙާން ކަރުދާސް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް، ރިވިއުކުރަންޖެހޭ އިމްތިޙާން ކަރުދާސްތައް ރިވިއުކުރުމާއި، އިމްތިޙާންތައް ކުރިޔަށްގެންދިޔުމުގައި އެހީތެރިވުން.

6. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތްކުރުން.

7. މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނޭގޮތް ހަމަޖެއްސެން.

8. ތަނާގުޅޭ ރިސާޗް ހަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތްތައް ޢަމަލީގޮތުން ކުރުން.

9. އަމިއްލަގޮތުންނާއި އަދި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.

10. މަރުކަޒާއި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމެޓީތަކުގައި ބައިވެރިވުން.

11. ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި، އަމިއްލަ ގޮތުންވެސް މަސައްކަތްކުރުން.

12. ކިޔަވައިދިނުމުގެ އިތުރުން ފެކަލްޓީއާއި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ ހަރަކާތްތަކުގައި ބައިވެރިވެ، ޔުނިވަރސިޓީ ޕްރޮމޯޓްކުރުން.

13. މަތީގައިވާ ކަންކަމުގެ އިތުރުުން، މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: 

1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން  ލިބެން ހުންނާނެއެވެ. އަދި  ޔުނިވަރސިޓީގެ ތިރީގައިމިވާ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

ލިންކް: http://mnu.edu.mv/images/downloads/Job%20Application.pdf

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.

- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު: 

- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345408 ނަންބަރު ފޯނާއެވެ.

 24 މުޙައްރަމް 1438

25 އޮކްޓޫބަރު 2016
ހޯދާ