މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިނގިލީ އަވަށުގެ މުނިސިޕަލް ސަރަހައްދުތައް މަރާމާތުކޮށް ގަސްއިންދައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް ވިލިނގިލީ އަވަށުގެ މަގުތަކާއި، ޕާކުތަކާއި، ހުސްބިންތަކާއި، ބުރުތަކުގެ އާބާތުރަފިލުވައި ތަރައްޤީކުރުމާއި، ގަސް އިންދައި ހެއްދުމާއި، ފެހިކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ މެންދުރު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ނޮވެންބަރު 2 ވަނަ ދުވަހުގެ މެންދުރު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 މުޙައްރަމް 1438

23 އޮކްޓޫބަރު 2016
ހޯދާ