ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ސަރވޭ ހެދުމާގުޅޭ

އިޢުލާން

ފ. މަގޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ސަރވޭ ހެދުމާގުޅޭ

ފ. މަގޫދޫ ގިރާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު މި ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެއެވެ. ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު 6740014 ފޯނާ ގުޅުން އެދެމެވެ. މި ކައުންސިލްގެ އީމެއިލް އެޑްރަހަކީ [email protected] އެވެ.

18 މުޙައްރަމް 1438

19 އޮކްޓޫބަރު 2016
ހޯދާ