- ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމުގެ ކަންތައް ބަލަހައްޓައި، ޗެކްކޮށް، ފައިލްކުރުވުން.
- އައި.އެސް.އޯ ކުއަލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެންޓަރ ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ކުރުވައި/ކުރުން.
- ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅައި، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- އިދާރީ މުވައްޒަފުންނާއި ލައިބްރަރީ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
- ސްޓޮކް ބާކީފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލައި، ސްޓޮކް ބާކީ ކުރެވިފައިވަނީ ރަނގަޅަށްތޯ 6 މަހުން އެއްފަހަރު ބަލައި، ސްޓޮކް ގުނައި ޗެކްކުރުން.
- ސެންޓަރުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުމުގެ ކަންތައް އިންތިޒާމުކޮށް ޗެކްކޮށް، އިންވެންޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސެންޓަރުގެ ވެރިޔާ ނެތް ހިނދެއްގައި ޔުނިވަރސިޓީން ކަނޑައަޅާ ގޮތެއްގެމަތިން ސެންޓަރ ހިންގުން ހަވާލުކޮށްފިނަމަ، ސެންޓަރ ހިންގުމުގެ ޒިންމާ ހަވާލުކުރުން.
- އަހަރީ ރިޕޯޓް ތައްޔާރުކޮށް، މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
- ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި، އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލްކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.
- މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް، އެންމެންގެ އެއްބާރުލުމާއެކު މަސައްކަތްކުރާނެ މާހައުލެއް ޤާއިމްކުރުން.
- ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވިކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް، އެންމެ އިސްވެރިޔާގެ އިރުޝާދާއެކު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
- މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ ފަދަ ކޮމެޓީތަކުގައި ބައިވެރިވުމާއި، ސްޓާފް މީޓިންގތަކުގައި ބައިވެރިވުމާއި، އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ، ޖަލްސާތައް ޗެއަރކުރުން.
|