މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން އޮފިސަރ

 އިޢުލާން

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ކޮމިޔުނިކޭޝަންސް އޮފިސަރެއް ހޯދުމާބެހޭ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަން އޮފިސަރ

ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖެފް) އާއި ދިވެހި ސަރުކާރާ ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ އިންޓަރގްރޭޓަޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓަށް ކޮމިޔުނިކޭޝަން އޮފިސަރެއް ހޯދަން ބޭނުންވެއެވެ.

މި މަޝްރޫޢުގެ ކޮމިޔުނިކޭޝަންސް އޮފިސަރުގެ މައްސޫއޫލިއްޔަތަކީ، ޕްރޮޖެކްޓުގައި ހިމެނިފައިވާ ކޮމިޔުނިކޭޝަންގެ އެކި މަސައްކަތްތައް ކުރިއަށްގެންދިޔުމެވެ.

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީން ހުޅުވައިލަމެވެ. އެހެންކަމުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއިކުރެވޭނީ، 12 (ބާރަ) މަސްދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. ނަމަވެސް، ޑިޕާޓްމަންޓަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ.

- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެގޮތުގައި، މަހަކު -/20،000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

ސުންގަޑި:

މިކަމަށް  ޝައުޤުވެރިވާ  ފަރާތްތަކުން،  "ޓާރމްސް  އޮފް  ރިފަރެންސް"  ގައި  ބަޔާންވެފައިވާ  ޝަރުޠު  ހަމަވާކަން  ސާބިތުކޮށްދޭ  ވަނަވަރާއެކު،  2016  ނޮވެންބަރު  10  ވަނަ  ދުވަހުގެ  12:00  ގެ  ކުރިން،  ތިރީގައިވާ  އެޑްރެހަށް  "ޕްރޮޕޯޒަލް"  ހުށަހެޅުން  އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3018329 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ