މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ލެޕްޓޮޕާއި ސްމާޓްބޯޑް ގަތުމަށް

އިޢުލާން

 ލެޕްޓޮޕާއި ސްމާޓްބޯޑް ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެއެވެ.

މި ސްކޫލްގެ ސައިންސްލެބާއި އޯޑިއޯ ވިޒުއަލް ރޫމަށް ބޭނުންވާ ލެޕްޓޮޕާއި ސްމާޓްބޯޑް ގަތުމަށް ކުރެވުނު ނަންބަރު:GS106/2016/IU/0037 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ހުށަހަޅަންޖެހޭ ޑޮކިއުމަންޓްތައް ހަމަނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، ޝައުޤުވެރިވާ ފަރާތްތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ. 

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި, އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ, ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 އޮކްޓޫބަރު 27 ވާ ބުރާސްފަތިދުވަހުގެ 13:15

2016 ނޮވެންބަރު 3 ވާ ބުރާސްފަތިދުވަހުގެ 13:15

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ