ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވެލޮޕަރުން ބޭނުންވެއްޖެ

އިޢުލާން

އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ސޮފްޓްވެއަރ ޑިވެލޮޕަރުން ބޭނުންވެއްޖެ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން ސަރުކާރުގެ ސޮޓްވެއަރތައް ތައްޔާރުކުރުމުގެ މަސައްކަތްކުރާނެ ހީވާގި، ޤާބިލު، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރު ކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ވަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/12,500 ރ.

ޕާފޯމަންސް އެލަވަންސް: -/2,500 ރ.

ފެންވަރު/ޝަރުޠު

  1. އޯ ލެވެލް އިމްތިޙާނުން ފާސްވެފައިވުން.
  2. އަމިއްލަ އިސްނެގުމާއެކު އެހެން މީހެއްގެ އެހީއާ ނުލައި ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތުކަން ހުރުން.
  3. އަމިއްލައަށް ޕްރޮޖެކްޓް މެނޭޖްކުރަން އެނގުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
  4. ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.  

(މި މަސަތްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފުސީލާއި، "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

  1. ސަރުކާރުގެ ޚިދުމަތަކަށް ރައްޔިތުންނަށް އޮންލައިންކޮށް އެދެވުމާއި، ޚިދްމަތާ ގުޅިގެން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމްތައް ތައްޔާރުކުރުން.
  2. އެ އިދާރާއަކުން އެ އިދާރާއެއްގެ ޚިދުމަތަކާ ގުޅިގެން ހުށަހަޅާފައިވާ ރިކުއެސްޓްތައް ޓްރެކްކޮށް، ބަލައި، ޕްރޮސެސްކޮށް އެ ރިކުއެސްޓްތަކުގެ ސްޓޭޓަސް އަޕްޑޭޓް ކުރެވޭނޭ ގޮތަށް ސިސްޓަމްތައް ޑިވެލޮޕްކުރުން.
  3. އެސް.އާރު.އެސް ޑޮކިޔުމަންޓާ އެއްގޮތަށް ސިސްޓަމް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު)
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާ ގުޅޭ ރެފަރެންސް.

ހުށަހަޅަންޖެހޭ ތާރީޚު: މި މަސަތްކަތަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މި އޮފީހުގެ އީމެއިލް ([email protected]) އަށް މެއިލް ފޮނުއްވުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އެޑްރެހަށެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

‏23 މުޙައްރަމް 1438

24 އޮކްޓޫބަރު 2016
ހޯދާ