ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ވަޒީފާގެ ފުރުސަތު
ބޭނުންވާ އަދަދު :7

ވަޒީފާގެ ފުރުޞަތު

މަޤާމު: ސީނިއަރ އެޑިޓަރ ގްރޭޑް 1

މުސާރައާއި އެލަވަންސް

މަހަކު -/11150ރ

މަޤާމުގެ ރޭންކް

TP 3

ބޭނުންވާ އަދަދު

01

މަޤާމުގެ ޝަރުޠު:

މަޤާމާގުޅޭ ގޮތުން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާ ގުޅޭ ދާއިރާއިން 4 (ހަތަރެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު: އެޑިޓަރ

މުސާރަ އާއި އެލަވަންސް

މަހަކު -/10500ރ

މަޤާމުގެ ރޭންކް

TP 4

ބޭނުންވާ އަދަދު

01

މަޤާމުގެ ޝަރުޠު:

މަޤާމާގުޅޭ ގޮތުން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ ޑިޕްލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު: އެޑިޓަރ ގްރޭޑް 1

މުސާރަ އާއި އެލަވަންސް

މަހަކު -/9950ރ

މަޤާމުގެ ރޭންކް

TP 5

ބޭނުންވާ އަދަދު

02

މަޤާމުގެ ޝަރުޠު:

މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމު: އެސިސްޓެންޓް ޖާރނަލިސްޓް ގްރޭޑް 3

މުސާރަ އާއި އެލަވަންސް

މަހަކު -/8000ރ

މަޤާމުގެ ރޭންކް

TP 9

ބޭނުންވާ އަދަދު

03

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިއުސް އެންޑް ކަރަންޓް އެފެއާރޒް

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ މަސްއޫލިއްޔަތު:

  • ނިއުސްކާސްޓާރގެ ޒިންމާއަކީ ޚަބަރު އުފެއްދުމާއި ޚަބަރާ ގުޅޭ ވީޑިއޯ، ފޮޓޯތައް ނެގުމާއި، އޯޑިއޯ ރިކޯޑުކުރުން ނުވަތަ ހޯދުން.
  • އިންޕްޓް އެޑިޓަރުން ނުވަތަ ޔުނިޓް ހެޑް ނުވަތަ ޑެސްކުހެޑް އަންގާ ގޮތެއްގެ މަތިން ޚަބަރާއި މަޢުލޫމާތު ހޯދުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • އޮންލައިން، ޕްރިންޓް، ނިއުމީޑިއާ ފަދަ ބްރޯޑްކާސްޓިންގެ ހުރިހާ ވަސީލަތްތައް މެދުވެރިކޮށް ކުންފުނީގެ ޚަބަރުތައް ފެތުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އެޑިޓޯރިއަލް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޚަބަރާއި ކަރަންޓް އެފެއާޒުގެ ޕްރޮގްރާމްތައް ހެދުމާއި، ޚަބަރުކިޔުން.
  • ކުރަން ޖެހިއްޖެ ހާލަތެއްގައި ޚަބަރު ހެދުމާއި ކެމެރާ ކުރުމާއި އެޑިޓް ކުރުމުގެ ޢަމަލީ މަސައްކަތާއި ދިރާސާ ކުރުމާއި، އެހެނިހެން އިވެންޓްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ