އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނުގެ ނަންބަރު (A)AC-2016/135  (12 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުކޮށް، މި މަޤާމުތަކަށް އަލުން އިޢުލާނުކުރަމެވެ.

 މަޤާމް:

 އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ސެކްޝަން

 އިލްކެޝަންސް ކޯޑިނޭޝަން ސެކްޝަން

 ބޭސިކް މުސާރަ:

 މަހަކު -/7035 (ހަތް ހާސް ތިރީސްފަހެއް) ރުފިޔާ

 ސާރވިސް އެލަވަންސް:

 މަހަކު -/2000 (ދެ ހާސް) ރުފިޔާ

 ލިވިންގ އެލަވަންސް:

 މަހަކު -/4000 (ހަތަރު ހާސް) ރުފިޔާ

 ޚާއްޞަ އެލަވަންސް:

 މުސާރައިގެ %45

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާ ގޮތަށް

 ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3(ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5  (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކު ކަމުގައި ނުވުން.

 މަސްއޫލިއްޔަތު:

- ސެކްރެޓަރީ ޖެނެރަލާއި، ޑިވިޝަން ހެޑުގެ ލަފާގެ މަތިން އިންތިޚާބާގުޅޭ މަސައްކަތްތައް ކުރުން.

- އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ފަރުމާކޮށް، ޕްރިންޓްކޮށް، އިންތިޚާބުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ލިބޭނެގޮތާއި، ފޯމު ބަލައިގަނެ ޖަވާބު ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ހިނގާކަން ކަށަވަރުކުރުން.

- އިންތިޚާބާ ގުޅިގެން ކުރަންޖެހޭ އެއްގަމާއި، ކަނޑާއި ވައިގެ ދަތުރުފަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ހިނގާކަން ކަށަވަރުކުރުން.

- ކޮންމެ އިންތިޚާބެއްގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ އަދަދު އެކި އިންތިޚާބީ ދާއިރާތައް ވަކިން ކަމާބެހޭ ސެކްޝަނުން ހޯދައި، އެ މަޢުލޫމާތުގެ އަލީގައި ވޯޓުކަރުދާސް ޗާޕުކުރުމަށްޓަކައި ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ހިނގާކަން ކަށަވަރުކުރުން.

- ވޯޓު ލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ވޯޓުކަރުދާހުގެ ތަފސީލު ތައްޔާރުކޮށް، ތަފުސީލާ އެއްގޮތަށް  ސެކިއުރިޓީ އުރައިގައި ވޯޓުކަރުދާސް ބަންދުކޮށް، ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުލާ ސަރަހައްދު ބައިކުރުމާއި، ސަރަހައްދުތަކުގެ ޗާޓު ތައްޔާރުކުރުމާއި، ވޯޓުފޮށި ބަހައްޓާނެ  އަދަދާއި ވޯޓުފޮށި ބަހައްޓާނެ ތަންތަން ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތު ނެގުމުގެ އިންތިޒާމު ހަމަޖެއްސުމާއި،  ނަންތައް އިޢުލާނުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  ކަން ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުލައި ނިމުމުން، ވޯޓުލުމަށް ބޭނުންކުރި ތަކެތި އަނބުރައި ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި،  ތަކެތި ބަލައިގަނެ ނަތީޖާ ހަދާ ޓީމަށް ބޭނުންވާ ލިޔެކިޔުންތައް ރައްދުކުރުމާއި، ވޯޓުނެގުމަށް ބޭނުންކުރި ސެކިއުރިޓީ އުރަތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް އެކަންކަން ކުރެވޭކަން ކަށަވަރުކުރުން.

-  އިންތިޚާބުތަކުގައި ބައިވެރިވާ ކެންޑިޑޭޓުން ހުށަހަޅާ މާލީ ބަޔާންތައް ބަލައިގަނެ، ރިޕޯޓުތައް  ދިރާސާކޮށް، ރައްކާތެރިކަމާއެކު ރިޕޯޓުތައް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން  ކުރެވޭކަން ކަށަވަރުކުރުން.

- އިންތިޚާބުތަކާއި، ބައި-އިލެކްޝަންތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގޭ އާންމު ވޯޓުތަކުގެ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ވޯޓަރ އެޑިޔުކޭޝަން ސެކްޝަނާ ގުޅިގެން،  ރިޕޯޓުތައް އެކުލަވައި، ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން ކުރެވޭކަން ކަށަވަރުކުރުން.

- ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެގޮތަށް  އެކަން  ކުރެވޭކަން ކަށަވަރުކުރުން.

- ވޯޓުކަރުދާސް ޗެކްކޮށް، ބަންދުކޮށް، މަރުކަޒުތަކަށް ފޮނުވުމާއި، އިންތިޚާބާ ގުޅިގެން ސެކްޝަނުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.

- މިނޫނަސް ޑިވިޜަނުންނާއި، އޮފީހުން ކުރާ ބޮޑެތި މަސައްކަތްތަކުގައި ބައިވެރިވެ  އެހީތެރިވެދިނުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު  އެނގޭގޮތަށް  އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 ނޯޓު:

 މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓްފިކެޓެއް  ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު  ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 ސުންގަޑި:         

 މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުގެ  15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 އިތުރު މަޢުލޫމާތު

- ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފޯމެއް ބާޠިލުކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަންވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަކަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5  ވަނަ ފަންގިފިލާ އިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv  އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

17  މުޙައްރަމް 1438

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢުލީމު

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 ޖުމުލަ

100 މާކްސް

  ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތު ތަޖުރިބާއަށާއި، ތަމްރީނާއި ހުނަރުގެ މާރކްސްއަށް ބެލުމަށްފަހު ލިބޭ މާރކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓްފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. 
20 އޮކްޓޫބަރު 2016
ހޯދާ