ފެލިދެއަތޮޅު ރަކީދޫ މެޖިސްޓްރޭޓް ކޯޓް، ވ. ރަކީދޫ
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޓު އޮފިސަރ

ރޭންކް:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ކޯޓު:

ފެލިދެއަތޮޅު ރަކީދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

މި މަޤާމަށް ލިބޭ އެލަވަންސް:

 

- ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) 

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 (ވިހި) ޕަސެންޓު (މަހަކު)

- ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ) 

- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1. މަޤާމުގެ  މަސައްކަތް  ކުރުމުގެ  ހުނަރު / ޤާބިލްކަން  އިންޓަވިއުގައި  ސާބިތުކޮށްދިނުމާއެކު،  ސާނަވީ އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ލިބިފައިވުމާއެކު،  ސެކަންޑްރީ  ސްކޫލް  ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ  ފެންވަރު  ބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިޔުމާއެކު، ޖީ. އެސް. 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކޯޓުގެ އިދާރީ މުވައްޒަފެއްގެ އެންމެހައި މަސްއޫލިއްޔަތުތައް.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)

5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

2016 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ވ. ރަކީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި މަޤާމަށް ހޮވޭ މީހަކު މަސައްކަތަށް ނެރުމަށް ހަމަޖެހިފައިވަނީ، 15 ޑިސެންބަރު 2016 ގެ ފަހުންނެވެ.

- މި ވަޒީފާއާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، މި ކޯޓުގެ 6700822 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

  23 މުޙައްރަމް 1438 
24 އޮކްޓޫބަރު 2016
ހޯދާ