އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނުގެ ނަންބަރު (A)AC-2016/136 (12 އޮކްޓޫބަރު 2016) އިޢުލާން ބާޠިލުކޮށް އަލުން މި މަޤާމަށް އިޢުލާނުކުރަމެވެ.

 މަޤާމް:

 އެސިސްޓެންޓް ޑިރެކްޓަރ (އެމް.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން

 ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން

 ބޭސިކް މުސާރަ:

 މަހަކު -/7035 (ހަތްހާސް ތިރީސް ފަހެއް) ރުފިޔާ

 ސާރވިސް އެލަވަންސް:

 މަހަކު -/2000 (ދެ ހާސް) ރުފިޔާ

 ލިވިންގ އެލަވަންސް:

 މަހަކު -/4000 (ހަތަރު ހާސް) ރުފިޔާ

 ޚާއްޞަ އެލަވަންސް:

 މުސާރައިގެ %45

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 ކޮމިޝަނުގެ އިދާރާގެ ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް

 ފެންވަރު ނުވަތަ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 02 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 03 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓްސް ނުވަތަ ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 05 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. އުމުރުން 45 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.
  5. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  6. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކު ކަމުގައި ނުވުން.

 މަސްއޫލިއްޔަތު:

- ބަޖެޓް އެންޑް ފައިނޭންސް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގުން.

- ލިބޭ ފައިސާ ބަލައިގަތުމާއި، ފައިސާ ޖަމާކުރުމަށް ރަނގަޅު އިންތިޒާމެއް ހަމަޖެއްސުން.

- ސަރުކާރުގެ އޮފީސްތަކަށް ފޮނުވަންޖެހޭ ފައިސާއާއި ގުޅުންހުރި އެންމެހައި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުން.

- އެކި ކަންކަމާއި ތަކެއްޗާއި ޚިދުމަތާ ގުޅިގެން އެކި ތަންތަނަށް އެކި މުއްދަތުތަކަށް މި ކޮމިޝަނުން  ދައްކަންޖެހޭ ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރުކުރުން.

- ފައިސާއާބެހޭ އެންމެހައި ލިޔުންތަކާއި، އިދާރީ އެންމެހައި ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ކަށަވަރު ކުރުން.

- ވަގުތީ ގޮތުން ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

- ޕެޓީކޭޝްގެ ގޮތުގައި ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ބެލެހެއްޓުން.

- އެކައުންޓްތަކުގެ ހިސާބު ދިމާވޭތޯ ބެލުމަށް މަހުން މަހަށް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.

- ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފޮނުވަން ކަނޑައެޅިފައިވާ މުއްދަތަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް  ޓްރެޜަރީއަށް ފޮނުވުން.

- އޮފީހުގެ މުވައްޒަފުންނާއި، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާ މީހުންނަށް މުސާރައާއި އެލަވަންސާއި އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތަކުގެ ފައިސާދިނުން.

- އިންތިޚާބުތަކާއި އާންމު ވޯޓް ނެގުން ފަދަ ކަންކަމަށް ގެންނަ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުމާއި، އެކަން އިންތިޒާމުކޮށް ބެލެހެއްޓުން.

- އިންތިޚާބީ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.

- ކެންޑިޑޭޓުންގެ ޑިޕޮސިޓް ފައިސާ ބަލައިގަތުމާއި ރައްދުކުރަންޖެހޭ ފައިސާ ރައްދުކުރުމާ ބެހޭ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުން.

- ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން.

- ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

- މި ނޫންވެސް ބަޖެޓަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކުގެ އެންމެހައި ކަންތައްތައް  ބެލެހެއްޓުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް  އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

 ނޯޓު:

މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު  ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 ސުންގަޑި:         

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2016 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

 އިތުރު މަޢުލޫމާތު

-  ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެ އެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

- މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv  އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

17  މުޙައްރަމް   1438

މީހުން ހޮވުމުގައި ބަލާ މިންގަނޑު

ތަފުސީލު

މާކްސް

ތަޢްލީމް

40 މާކްސް

މަސައްކަތު ތަޖުރިބާ

15 މާކްސް

އިންޓަރވިޔު

35 މާކްސް

ހާއްޞަ ހުނަރު (ޢަމަލީ ޓެސްޓު)

10 މާކްސް

 ޖުމުލަ

100 މާކްސް

   ޝޯޓްލިސްޓު ކުރެވޭގޮތް

  • ޝޯޓްލިސްޓު ކުރާނީ ތަޢުލީމު، މަސައްކަތުގެ ތަޖުރިބާއާއި، ތަމްރީނާއިަ ހުނަރުގެ މާކްސްއަށް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.
  • ތަޢުލީމީ ސެޓުފިކެޓަށް މާކްސް ދޭނީ މަސައްކަތުގެ ދާއިރާއާގުޅޭ ސެޓުފިކެޓުތަކަށެވެ.
  • މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށް ވުރެ މަތީ ސެޓުފިކެޓު ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. 
20 އޮކްޓޫބަރު 2016
ހޯދާ