ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މޭކަޕް އާޓިސްޓް

މަޤާމް :މޭކަޕް އާޓިސްޓް
ބޭނުންވާ އަދަދު :4

ވަޒީފާގެ ފުރުޞަތު

ޕަބްލިކް ސަރވިސް މީޑިއާގެ މުވައްޒަފުން މޭކަޕް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  މަޤާމު

މޭކަޕް އާޓިސްޓް

ބޭނުންވާ އަދަދު:

04

މަޤާމުގެ ބާވަތް: 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކުރަންޖެހޭ ތަން

 ޕީ.އެސް.އެމްގެ  ޗެނަލްތައް ހިންގާ މާލޭގެ މައި މަރުކަޒުތައް.

ފެންވަރު ނުވަތަ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  • ޕީ.އެސް.އެމް ގެ ހުރިހާ ޗެނަލްތަކަށް ބޭނުންވާ ޕްރޮގްރާމާއި ޚަބަރުތަކަށް މޭކަޕް ކުރުމާއި ފުނާއަޅުވައިިދިނުން.
  • އެކިއެކި ރަސްމިއްޔާތުތަކަށް މުވައްޒަފުންނާއި މެހެމާނުންގެ މޭކަޕް ކުރުން.
  • މަސައްކަތަށް ހޯދާ މޭކަޕް ސާމާނާއި، މޭކަޕްގެ ސްޓޮކް ބެލެހެއްޓުމާއި، މަދުވާ ތަކެތި ހޯދަން ރިކްއެސްޓްކުރުން.
  • މޭކަޕްރޫމް ސާފުކޮށް ބެލެހެއްޓުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މިކަމަށް ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި  ތަޖުރިބާއަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ

މަހަކު -/8000 (އަށްހާސް) ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  • ޕާސްޕޯރޓް ސައިޒު ފޮޓޯއެއް.
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ.

18 މުޙައްރަމް 1438

19 އޮކްޓޫބަރު 2016
ހޯދާ