ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މަރުކަޒުގެ ތިރީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި މަރުކަޒުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1– ކްލާސްރޫމްތަކާއި، އޮފީސް، ސްޓާފްރޫމް، ލައިބްރަރީ، އަދި ގުދަނުގެ ތަޅު ބަދަލުކުރުން

2– ސްކޫލުގެ 7 ކްލާސްރޫމާއި، އޮފީސް އަދި ސްޓާފްރޫމުގެ ފަންކާތައް ބަދަލުކުރުން

3– ސްކޫލުގެ 10 ކްލާސްރޫމުގައި ކުލައާއި ދަވާދުލުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަދުވަހުގެ 13:00 އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަރުކަޒަށް ދުރުވެދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކާއި، ޑޮކިއުމަންޓްސް ފުރިހަމަ ނުވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުނުވެވޭ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަދުވެގެން 3 ފަރާތުން މިކަމަށް އަންދާސީހިސާބު ހުށަނާޅުއްވައިފިނަމަ ގަވާއިދުން އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700026 ފޯނާ ގުޅުއްވުން އެދެމެވެ.

  • ހުށަހަޅުއްވަންޖެހޭ ތަކެތި:

    1.  އަންދާސީހިސާބު (ޕްރޮޕޯޒަލް)

    2.  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

    3.  މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީ

19 އޮކްޓޫބަރު 2016
ހޯދާ