ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ގެންދާ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

އިޢުލާން 

އެސްޓީއޯ ސ.ހުޅުމީދޫ ފިހާރައަށް ގެންދާ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުނ

އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައަށް ބަސްތާއިން ގެންދެވޭ މުދާ ބޯޓުން ބާލައިގެން ގެންގޮސް ފިހާރައިން ދައްކާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް (ރެފް ނަންބަރު: 60-ADM/2016/213) އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މުއްދަތު:            2 އަހަރު

މަސައްކަތުގެ ވެރިފަރާތް:  ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:      ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 އޮކްޓޫބަރު 23 ވާ އާދީއްތަ ދުވަހު 10:00 ގެ ކުރިން އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:  ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 އޮކްޓޫބަރު 23 ވާ އާދީއްތަދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:      ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 އޮކްޓޫބަރު 24 ވާ ހޯމަދުވަހު 11:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ސ. ހުޅުމީދޫ ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:      ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސް:       ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ނޮވެމްބަރު 06 ވާ އާދީއްތަ ދުވަހު 11:30 ގައި ސ.ހުޅުމީދޫ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344196 , 3344262

ފެކުސް:  3344633

އީމެއިލް: [email protected] 

23 އޮކްޓޫބަރު 2016
ހޯދާ