މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ސީ.ޑީ.ސީ އިންފުލުއެންޒާ ގްރާންޓްގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސެނެޓަލް ސަރވެއިލަންސް ފޯކަލް ޕޮއިންޓް

މީހުން ބޭނުންވާ އަދަދު

1

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރު (މުވައްޒަފުގެ މަސައްކަތުގެ ޕާފޯމަންސްއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާނަމަ ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މުސާރަ

މަހަކު -/7000 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ އެލަވަންސް ލިބޭނެއެވެ.

އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު -/100 ރުފިޔާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)

ތަޢުލީމާއި ތަޖުރިބާ

ޑިޕްލޮމާއިން ޕްރައިމަރީ ހެލްތު ކެއަރ ކޯސް ފުރިހަމަ ކުރައްވާފައިވުން.

(މައިކްރޯސޮފްޓް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- ހަމަޖެހިފައިވާ ވޯޑްތަކުންނާއި އޯ ޕީ ޑީ ތަކުން އިންފުލުއެންޒާއަށް ސާޕްޕަލް ހޯދުމަށް ސަރވެއިލަންސްކުރުން.

- އިންފުލުއެންޒާގެ ކްރައިޓީރިޔާއަށް ނިސްބަތްވާ އެންމެހައި ބަލިމީހުންގެ މަޢުލޫމާތު އެއްކުރުން.

- އިންފުލުއެންޒާ ޑޭޓާބޭސްއަށް ޑޭޓާ އެޅުން.

- އިތުރަށް އިންފުލުއެންޒާއަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގޭ ސެންޓިނެލް ސައިޓްސްތައް ކަމުގައިވާ އޭ ޑީ ކޭ އަދި ހުޅުމާލެ ހޮސްޕިޓަލުގެ ފޯކަލް ޕޮއިންޓާއެކު މަސައްކަތްކުރުމާއި އެހީތެރިވުން.

- ޕްރޮޖެކްޓުގެ ދަށުން ހިނގާ ތަމްރީނު ބައްދަލުވުންތަކާއި ސެޝަންތައް ހަމަޖެއްސުމާއި ހިންގުމުގައި ބައިވެރިވުން.

- ސީ.ޑީ.ސީ ގްރާންޓުގެ ދަށުން އިންފުލުއެންޒާ ސަރވެއިލަންސް ޕްރޮޖެކްޓުގެ އެންމެހައި އިދާރީ ކަންތައްތައް ކުރުމާއި ޕްރޮޖެކްޓް ހިންގުމުގައި ޕްރޮޖެކްޓް ކޯޑިނޭޓަރާއެކު މަސައްކަތްކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

1. ވަޒީފާއަށް އެދޭ ސިޓީ

2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރޭންސްކްރިޕްޓުގެ ކޮޕީ.)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ މަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (ޝޯޓްޓާމް ޓްރޭނިންގ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

5. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ނޮވެންބަރުމަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

- މި ވަޒީފާގެ "ޓީ އޯ އާރ" މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ.

18 އޮކްޓޫބަރު 2016
ހޯދާ