ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޤައުމީ ނެޓްބޯޅަ މުބާރާތް 2016 ފެށޭ ތާރީޚު ބަދަލުވުން

ޤައުމީ ނެޓްބޯޅަ މުބާރާތް 2016 ފެށޭ ތާރީޚު ބަދަލުވުން

މި އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން 2016 ނޮވެންބަރު 5 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ "ޤައުމީ ނެޓްބޯޅަ މުބާރާތް 2016" މިހާރު ފެށުމަށް ހަމަޖެހިފައިވަނީ 2016 ނޮވެންބަރު 26 ވަނަ ދުވަހު ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މުބާރާތް ފެށޭ ތާރީޚަށް ބަދަލު އައުމާ ގުޅިގެން މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުލަބު / ޖަމްޢިއްޔާތަކުން، ބައިވެރިވާން އެދޭ ކަމުގެ ލިޔުން ފޯކަލް ޕޮއިންޓުގެ މަޢުލޫމާތު ހިމެނޭގޮތަަށް 7 ނޮވެންބަރު 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ މެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން 2 ޑިވިޜަން ވަކިންނެވެ. އަދި މުބާރާތުގެ ގަވާއިދު http://netball.mv/rule.php އިން ޑައުންލޯޑު ކުރެވެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މުބާރާތާބެހޭ މަޢުލޫމާތު ހޯއްދެވުމަށް 3317004 / 9792300 އަށް ގުޅުއްވުން އެދެމެވެ.

18 އޮކްޓޫބަރު 2016
ހޯދާ