އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށްދޫކުރުމާ ބެހޭ

އިޢުލާން

އއ. ތޮއްޑޫން ވިޔަފާރިކުރުމަށްޓަކައި ބިން ކުއްޔަށްދޫކުރުމާ ބެހޭ:

މި އިދާރާގެ ނަންބަރު: 339/PRIV/2016/14 (21 ސެޕްޓެންބަރު 2016) އިޢުލާނުގައިވާ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ. އއ. ތޮއްޑޫ ބަނދަރު ސަރަޙައްދުން 2000 އަކަފޫޓުގެ 3 ބިން، ތިރީގައި މިދަންނަވާ ވިޔަފާރިކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

1. ހޮޓާ، ކެފޭ / ރެސްޓޯރަންޓް

2. ޑައިވިންގ ސެންޓަރ

3. ޝޮޕިންގ މޯލް

4. ސްވެނިއަރ ޝޮޕް

5. ބިއުޓީ ސެލޫން އެންޑް ސްޕަރ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮކްޓޫބަރު 31 ވާ ހޯމަދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަން ފުރިހަމަކުރައްވަންވާނެއެވެ.

  • އަމިއްލަ ފަރާތަކުން ވަޑައިގަންނަވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ،
  • ކުންފުންޏަކުން ވަޑައިގަންނަވާނަމަ، އެ ކުންފުނީގެ ފަރާތުން ސިޓީއަކާއެކު ބަދަލުގައި މީހަކު ފޮނުވާކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި ރަސްމީ ގަޑީގައި ނަންބަރު 6660537 ފޯނަށް ގުޅުއްވުން އެދެމެވެ.

16 އޮކްޓޫބަރު 2016
ހޯދާ