ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
މި ސްކޫލުގެ 2 ޢިމާރާތެއްގެ ކޮރިޑޯތަކުގައި އެލްމިނިއަމް ދޮރު ހަރުކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2 ޢިމާރާތެއްގެ 4 ފްލޯގެ ވޯކުވޭގެ އެއްކޮޅުގައި މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެލްމިނިއަމް ދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)RS/1/2016/1079 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އެކަށީގެންވާވަރަށްވުރެ ބޮޑުވުމުން އެ އިޢުލާން ބާޠިލުކުރުމަށްފަހު އެ މަސައްކަތަށް ބައެއް ބަދަލުތައް ގެނައުމަށްފަހު ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 30 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.  

19 އޮކްޓޫބަރު 2016
ހޯދާ