މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލ.ކައްދޫގައި ތިއްބަވާ ސިފައިންނަށާއި އާންމު މުވައްޒަފުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓިގެ އެދިލެއްވުމުގެ މަތިން، ލ.ކައްދޫގައި ތިއްބަވާ ސިފައިންނަށާއި އާންމު މުވައްޒަފުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު IUL)13-K1/13/2016/185) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2016 އޮކްޓޫބަރު 23 އިން 2016 ނޮވެންބަރު 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް ނަން ނޯޓުކުރެއްވުން އެދެމެވެ.  

3. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ ފޮނުއްވާނީ 2016 ނޮވެންބަރު 06 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑުރެހަށެވެ. ބިޑު ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 09 ވާ ބުދަ ދުވަހުގެ 11:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަނުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތާއި، ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

4. މި ޕްރޮޖެކްޓުގެ ބީލަންފޮތް މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑުކުރެވެން  ހުންނާނެއެވެ.

5. މި ޕްރޮޖެކްޓު ކާމިޔާބުކުރާ ފަރާތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ލ. ކައްދޫގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.

6. ހުށަހަޅާ އަންދާސީހިސާބު އިވެލުއޭޓު ކުރެވޭނެ ގޮތުގެ ތަފުސީލު މި ޕްރޮޖެކްޓުގެ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ޑިވިޜަން،

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން:  3349106  3349191

ފެކްސް: 3320706  3324432

އީމެއިލް: [email protected]

ކޮޕީ: [email protected]

20 އޮކްޓޫބަރު 2016
ހޯދާ