ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޔޫތު ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް

އިޢުލާން

 "ޔޫތު ހިއުމަން ރައިޓްސް ޑިފެންޑަރސް ކޭމްޕް" ގެ ނަމުގައި 20 – 24 ނޮވެންބަރު 2016 އަށް ކ. ގިރިފުށީގައި، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ގްރޭޑް 10 ނިންމާފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން މި ކޮމިޝަނުން ބޭއްވުމަށް ރާވާފައިވާ ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވިމާ، މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޭމްޕްގެ މަޤުޞަދު:

- އިންސާނީ ޙައްޤުތަކަށް ޒުވާނުން އަހުލުވެރިކުރުވުން.

- އިންސާނީ ޙައްޤުތަކަށް ހޭލުންތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުން.

- ޒުވާނުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުވަނިވި ރޫޙެއް އުފެއްދުން.

ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މި ކޮމިޝަންގެ ރިސެޕްޝަނުންނާއި، މި ކޮޝަންގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާނެއެވެ.)

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޕޮޓޯކޮޕީ.

- ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.

- ގްރޭޑް 10 ނިންމިކަން އަންގައިދޭ ލިޔުން.

ސުންގަޑި:  2016 އޮކްޓޫބަރު 27 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3003100 ނަންބަރުގެ ފޯނަށެވެ.

18 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ