މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ.

1- ދަރިވަރުންގެ 3 ފާޚާނާގެ މިހާރުހުރި ތިރިތަށި އުސްތައްޓަށް ބަދަލުކުރުން.

2- 4 ކްލާސްރޫމުގައި މުށިޖެހުން.

3- 2 ގޭޓުގެ 4 ބޮކި ބަދަލުކޮށް ހަރުކުރުން.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 10:00 އަށް

2016 ނޮވެންބަރު 8 ވާ އަންގާރަދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6500561 ފޯނާ ގުޅުއްވުން އެދެމެވެ.

15 މުޙައްރަމް 1438

16 އޮކްޓޫބަރު 2016
ހޯދާ