ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ނެރުބައްތި ހޯދުމާބެހޭ

އިޢުލާން

ނެރުބައްތި ހޯދުމާބެހޭ

ހަނިމާދޫ އެއަރޕޯޓަށް ބޭނުންވާ 4 ނެރު ބައްތި (ރަތް) އަދި 4 ނެރުބައްތި (ފެހި) (SL-60 (2-3NM+ Solar Marine Lantern)) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 26 ވާ ބުދަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
  1. އަގު:      70 މާކްސް (އެންމެ ކުޑަ އަގު / ހުށަހެޅި އަގު × 70)
  2. މުއްދަތު:    20 މާކްސް (އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު × 20) ތަކެތި ސަޕްލައި ކުރުމަށް ހުށަހަޅުއްވާ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން "ދުވަހުން"
  3. ތަޖުރިބާ:    10 މާކްސް (ތަޖުރިބާ ، މީގެ ކުރިން މިފަދަ ތަކެތި ސަރުކާރުގެ އިދާރާތަކަށް ސަޕްލައިކޮށްދީފައިވާ ލިޔުންތަކަށް ބެލުމަށްފަހުއެވެ. މިގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް ލިބޭނީ 5 މާކްސްއެވެ. އެންމެ ގިނަވެގެން ލިބޭނީ 10 މާކްސްއެވެ. އަދި އެ ލިޔުންތަކުގައި އެ ފަރާތުގެ ތައްގަނޑާއި ސޮއި އޮންނަންވާނެއެވެ.)

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7900989 މި ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

18 މުޙައްރަމް 1437

19 އޮކްޓޫބަރު 2016
ހޯދާ