މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ގިނަ ދުވަސްވެފައިވާ މުދާ ނައްތާލުމާބެހޭ

އިޢުލާން

މި އިޢުލާނާއެކު އެވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ނުގެންގޮސް ގިނަދުވަސްވެފައިވާ މުދަލުގެ ތަފުސީލެވެ.

ވީމާ، މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި މުދާތައް، ބަނދަރުން ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާމެދު ޢަމަލުކުރުމަށް މި ކުންފުނީގައި ހަމަޖެހިފައި އޮންނަ ގަވާއިދުގެ ދަށުން ނީލަމުގައި ވިއްކައިލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ނީލަމުގައި ވިއްކައިނުލެވުނު މުދަލެއް ނައްތާލުމަށްފަހު، އެ މުދަލެއް ނައްތާލަން ހިނގި ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

19 މުޙައްރަމް 1438

20 އޮކްޓޫބަރު 2016
ހޯދާ