މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ފަޔަރ އެކްޓިންގިއުޝަރ ފުޅިތައް ސާރަވިސް ކޮށްދީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

އެމްޓީސީސީގެ ފެރީ ނިޒާމްގައި ބޭނުން ކުރާ ފެރީ ދޯނި، ލާންޗު، ޓާމިނަލްތަކުގައި ބޭނުން ކުރާ ފަޔަރ އެކްޓިންގިއުޝަރ ފުޅިތައް ސާރަވިސް ކޮށްދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން (ނަންބަރު MTCC-PD/IU/2016/0161) ބާޠިލުކޮށް، އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 30 ވަނަ ދުވަހުގެ 11:00 އަށް އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، އަންދާސީހިސާބު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

18 އޮކްޓޫބަރު 2016
ހޯދާ