އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކާޓްރިޖް ރިބަން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާނު

ކާޓްރިޖް ރިބަން ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުކުރާ ފާސްތައް ޕްރިންޓްކުރުމަށް ބޭނުންވާ ކާޓްރިޖް ރިބަންތައް ހޯދުމަށް ކުރި ނަންބަރު: (A)AB-2016/137 (13 އޮކްޓޫބަރު 2016) އިޢުލާން ގެޒެޓުކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ގަޑި

ދުވަސް

ތާރީޚު

ތަފުސީލު

11:00

އަންގާރަ

25 އޮކްޓޫބަރު 2016

މަޢުލޫމާތު ސާފުކުރުން

11:00

އާދީއްތަ

30 އޮކްޓޫބަރު 2016

އަންދާސީހިސާބު ހުށަހެޅުން

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން މި ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ