ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ފެކަލްޓީއަށް ބޭނުންވާ ގްލާސްވެއަރ ސަޕްލައި ކުރާނެ ފަރާތްތަކެއް ހޯދުން

އިޢުލާން

ފެކަލްޓީއަށް ބޭނުންވާ ގްލާސްވެއަރ ސަޕްލައިކުރާނެ ފަރާތްތަކެއް ހޯދުން

މި ފެކަލްޓީއަށް ގްލާސްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ފެކަލްޓީގެ އިޢުލާން ނަންބަރު: 153-FHTS-2016-02 އާ ގުޅިގެން އެދެވޭ މިންވަރަކަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2016 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 11:00 އަށް ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (ޔުނިވަރސިޓީގެ ދަނާލު ކުރިމަތި) ގެ ސެމިނަރ ހޯލް (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ނޮވެންބަރު 10 ވަނަ ދުވަހުގެ 11:00 އަށް މި ފެކަލްޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

17 މުޙައްރަމް 1438

18 އޮކްޓޫބަރު 2016
ހޯދާ