މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑެއް ތަރައްޤީ ކޮށްދެއްވުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ރ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެކުނުން އޮތް ބިމުގައި ފުޓްސަލްދަނޑެއް، އަމިއްލަ ތަކެތީގައި ތަރައްޤީ ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

2. ބީލަންފޮތް ދޫކުރާނީ 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުން ފެށިގެން 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ ނިޔަލަށް، ބަންދުދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު 10:30 އިން 13:30 އަށް، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލުގެ އިދާރާއިންނެވެ.

3. މި މަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2016 ނޮވެންބަރު 1 ވާ އަންގާރަދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލުގެ އިދާރާގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 2016 ނޮވެންބަރު 9 ވާ ބުދަދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލުގެ އިދާރާގައެވެ.

5. ބީލަންތައް ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި އޮންންނަންވާނެއެވެ.

        ހ. "ރ.މީދޫގައި ފުޓްސަލްދަނޑު ތަރައްޤީކުރުމުގެ މަސައްކަތް"

        ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

        ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

6. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާ ބީލަންތަކާއި، ޕްރީބިޑް މީޓިންގގައި ބައިވެރިވެނުލައްވާ ފަރާތްތަކުގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ.

7. ވަޒަންކުރުމުގައި ބެލޭނެ ބައިތައް

އަގު

ހުށަހެޅި އެންމެ ކުޑަ އަގު/ ހުށަހެޅި އަގު

65

މުއްދަތު

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު

25

ތަޖުރިބާ

ވޭތުވެދިޔަ 3 އަހަރު ނިންމި މިފަދަ ޕްރޮޖެކްޓުގެ ޖުމްލަ އަގު / ހުށަހެޅި ޕްރޮޖެކްޓުގެ ޖުމްލަ އަގު

5

މާލީ ޤާބިލުކަން

ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު

5

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ