ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކުރަން

އދ. ހަންޏާމީދޫ ސްކޫލުގެ ބައެއް މަރާމާތު ކުރުމާބެހޭ

މި ސްކޫލުގައި 2017 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެންވާއިރަށް ބައެއް މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2016 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 30 ވާ އާދީއްތަދުވަހުގެ 10:30 އަށް

2016 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 10 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީގަޑީގައި 6680837 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

16 މުޙައްރަމް 1438

17 އޮކްޓޫބަރު 2016
ހޯދާ