މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރޭގައި ދެވޭ އެވޯޑްތަކާގުޅޭ

އިޢުލާން

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްއްޔާއިން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރޭގައި ކޮންމެ އަހަރަކުވެސް ދެމުން އަންނަ ތިރީގައިވާ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޖަމްޢިއްޔާއިން އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

  1. ސަސަކަވާ ހެލްތު ޕްރައިޒް
  2. ޔުނައިޓެޑް އެރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން ޕްރައިޒް
  3. ޑރ ލީ ޖޮންގ-ވޫކް މެމޯރިއަލް ޕްރައިޒް ފޮރ ޕަބްލިކް ހެލްތު

މަތީގައިވާ އިނާމުތަކުގެ ތެރެއިން ކޮންމެ އިނާމަކަށްވެސް މެންބަރު ޤައުމަކުން ހުށަހެޅެނީ 1 (އެކެއް) ފަރާތުގެ ނަމެވެ. ނަން ހުށަހަޅާއިރު އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކާއި ހުށަހަޅާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރެވޭނެއެވެ.

ވީމާ، މި އިނާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 2016 އޮކްޓޫބަރު 30 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުއަށް ފޮނުއްވުން އެދެމެވެ.

މި އިނާމާބެހޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. (http://www.who.int/governance/awards/en/) މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަންގެ 3014472 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

16 އޮކްޓޫބަރު 2016
ހޯދާ